ކޮއްކޮމެން ޕްރީ ސްކޫލާއި ފުނަދޫ ކައުންސިލުން އެމްއޯޔޫއެއްގައި ސޮއިކޮށްފި

ކޮއްކޮމެން ޕްރީ ސްކޫލާއި ށ.ފުނަދޫ ކައުންސިލާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ އާދީއްްތަ ދުވަހު ށ. ފުނަދޫގައެވެ. މިއެއްބަސްވުމުގެ ދަށުން ތުއްތުކުދިން...

23 Mar 2022 | 06:03

ކޮއްކޮމެން ޕްރީ ސްކޫލާއި ށ.ފުނަދޫ ކައުންސިލާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ އާދީއްްތަ ދުވަހު ށ. ފުނަދޫގައެވެ.

މިއެއްބަސްވުމުގެ ދަށުން ތުއްތުކުދިންގެ ހެދިބޮޑުވުމާ ތަރައްޤީއަށް ބިނާ ކުރުވަނިވި ގޮތެއްގައި ދެފަރާތުގެ ދެމެދުގައި ހިޔާލުބަދަލުކޮށް އިސްލާމީ ތަރުބިއްޔަތުގެ ތެރެއިން ދަރިވަރުންގެ ތަޢުލީމާއި އުގެނުމުގެ ބިންގާ ހަރުދަނާ ކުރުމަށް ބޭނުންވާނެ އެންމެހާ ކަންކަން ހިއްސާކުރާނެއެވެ.

ދަރިވަރުންގެ ކުރިމަގު ބައްޓަން ކުރުމަށްޓަކައި 'ޓީޗިންގ އެންޑް ލަރނިންގް މެޓީރިއަލްސް' ތަރައްޤީ ކުރުމާއި އުގަންނާއި ދިނުމަށް ބޭނުންކުރާނެ އާލާތްތަށް އަދި ވަސީލަތްތައް ހިއްސާކުރުން ހިމެނެއެވެ.

މިއެއްބަސްވުމުގައި ކޮއްކޮމެން ޕްރީ ސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ ކޮއްކޮމެން ޕްރީ ސްކޫލުގެ ޕްރިންސިޕަލް ޞާބިރާ އަހުމަދު އެވެ. އަދި ފުނަދޫ ޕްރީ ސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ ފުނަދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އަޒްމާ އަހްމަދުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް