ސިފައިންގެ މީހަކު އިންނަން އެހުމުން ނޫނެކޭ ބުނާނީ މޮޔައެއް ކަމަށް ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.
ކަންގަނާއަކީ ބުނަން ބޭނުންވާ އެއްޗެއް ކިތަންމެ ގިނަ ބައެއްގެ ތެރޭގައިވެސް ބުނުމަށް ފަސް ޖެހޭ މީހެއް ނޫނެވެ. އެގޮތަށް އޭނާ ސިފައިންގެ ޔުނިފޯމް ދެކެ ވާ ލޯބި އެކިގޮތްގޮތަށް މިދިޔަ އަހަރު ތަކުގައި ހާމަކޮށްފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިންޑިއާ ސިފައިންގެ ޔުނީފޯމަށް އޭނާ ކުރާ ލޯތްބާއި ގަޔާވާވަރު ފުރަތަމަ ހާމަ ކުރީ 2017 ވަނަ އަހަރު ރިލީސް ކުރި ކަންގަނާގެ ފިލްމު "ރަންގޫން"ގެ ޕްރޮމޯޝަނަށް ޖަންމޫ ކަޝްމީރަަށް ކުރި ދަތުރެއްގައި އިންޑިއާ ސިފައިންނާއި އެކު ބޭއްވި ހަރަކާތެއްގެ ތެރޭގައި އެވެ.
މިފަހުން އަނެއްކާވެސް އޭނާ ވަނީ ސިފައިންގެ ޔުނިފޯމުދެެކެ އޭނާ ޝައުގުވެރިކަން ހުންނަ ވަރު ބުނެދީފަ އެވެ.
ކަންގަނާ ބުނީ ބައެއް އަންހެނުން ސިފައިންނާއި ކައިވެނި ކުރަން ދެކޮޅު ހަދާ ކަމަށެވެ. އެކަމަކު އިންޑިއާ ސިފައިންގެ ޔުނީފޯމު އަޅާ މީހަކު ކައިވެންޏަށް އެހުމުން ދެކޮޅު ހަދާނީ މޮޔަ އަންހެނުން ކަމަށެވެ.
މަޖާ ރާގަކަށް ކަންގަނާ ބުނީ އޭނާއަށްވެސް އެފަދަ ފިރިހެނަކު ލިބިއްޖެ ނަމަ ދެކޮޅު ނުހަދާނެ ކަމަށެވެ. އަދި ބުނީ ކައިވެނީގެ ބައިވެރިއަކު އަދި ނެތް ނަމަވެސް ހަމަ ކޮންމެ ވަގުތެއްގައިވެސް ލިބިދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް