އަންހެނުންގެ ކުރަމުންދާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދެމުންގެންދާ ރެހެންދި އެވޯޑް ނުވަ ފަރާތަކަށް ދީފި އެވެ.
ރެހެންދި އެވޯޑް ދިނުމަށް ހާއްސަކޮށްގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަބަލުން ފަޒުނާ އަހުމަދެވެ.
މި އަހަރު އެވޯޑު ލިބުނު ފަރާތްތައް
- ޝިމްލާ އަހުމަދު: ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ
- ނަފީސާ އަލީ: އާންމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ފިރިހެނުންނާއި އަންހެނުންގެެ އެވޯޑު ހުށަހެޅޭ ކުރިމަތިލެވޭ ދާއިރާ
- ޑރ.ފާތިމަތު މުފްލިހާ: ސިއްހީ ދާއިރާ
- ލެފްޓިނެންޓް ފިރުޝާނާ ތައުފީގް: ސިއްހީ ދާއިރާ
- އިއްޒަތް އަހުމަދު ނިޒާރު: ފަންނުވެރިކަމާއި ސަގާފަތާއި ތަރިކައިގެ ދާއިރާ
- ދިމްނާ ފާކިރު: އިޖުތިމާއީ ދާއިރާ
- އައިޝަތު އިބްރާހިމް: ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ އިން
- ފާތިމަތު ޖަބީން: އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްފައިވާ ހިދުމަތުގެ ދާއިރ
- އެމްޕީއެލް: ވަޒީފާދޭ ފަރާތްތައް/ މުއައްސަސާތަކުގެ ދާއިރާ
2014 ވަނަ އަހަރުން ފެށިގެން ސަރުކާރުން ދެމުންގެންދާ މި އެވޯޑް ދޭން ފަށާފައިވަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެނެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން މި އެވޯޑް ދޭން ފަށާފައި ވަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ.
ކޮންމެ އަހަރަކު ދެމުންގެންދާ ރެހެންދި އެވޯޑް ދިނުމުގެ މައިގަނޑު ބޭނުމަކީ ގައުމީ ހިދުމަތަށް އަންހެނުން ނިކުތުމަސް ބާރު އެޅުމަށެވެ. އަދި މުޖުތަމައަށް ފައިދާހުރި ހިދުމަތް ކުރާ އަންހެނުންގެ ހިދުމަތް ފާހަގަ ކުރުމަށާއި، ގައުމީ ހިދުމަތުގައި މަސައްކަތް ކުރާ އަންހެނުންނަށް ހިތްވަރުދީ އެމީހުންގެ އަގު ވަޒަންކޮށް، ޖަމާއަތަށް ފައިދާ ހުރި މަސައްކަތްކުރާ އަންހެނުންނަށް ޝަރަފާއި އިއްޒަތް ދިނުމެވެ.
މީގެ އިތުރުން އަންހެނުންގެ ހިއްސާ މަދު ދާއިރާތަކަށް އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، އަދި އާ ދާއިރާތައް ތައާރަފް ކޮށް އެދާއިރާތަކަށް އަންހެނުން ނެރުމަށް ބާރު އެޅުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް