ދަރުބާރުގޭގައި ހިންގާ ކޯވިޑް ވެކްސިން ސެންޓަރު މާދަމާ ބަންދު ކުރަނީ

ދަރުބާރުގޭގައި ހިންގާ ވެކްސިން ސެންޓަރު ބަންދު ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ. އެޗްޕީއޭއިން ބުނީ އެ ސެންޓަރު ބަންދު ކުރަން ނިންމާފައިވަނީ މާދަމާއިން ފެށިގެން ކަމަށ...

23 Mar 2022 | 04:19

ދަރުބާރުގޭގައި ހިންގާ ވެކްސިން ސެންޓަރު ބަންދު ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެޗްޕީއޭއިން ބުނީ އެ ސެންޓަރު ބަންދު ކުރަން ނިންމާފައިވަނީ މާދަމާއިން ފެށިގެން ކަމަށެވެ.

ދަރުބާރުގޭގައި ހުރި ވެކްސިން ސެންޓަރު ބަންދުކުރަން ނިންމުމާއެކު މާލޭ ސަރަހައްދުގައި ވެކްސިން ޖެހުމުގެ ހިދުމަތް ދޭނީ، ދެ ހޮސްޕިޓަލަކުންނެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުންނެވެ.

ދަރުބާރުގޭގައި ހިންގާ ވެކްސިން ސެންޓަރު ބަންދުކުރަން ނިންމާފައި މިވަނީ ކޯވިޑުގެ ނަންބަރުތައް ރާއްޖޭގައި މަދުވުމާއި ވެކްސިން ޖެހި އާބާދީ އިތުރުވުމާއެކުއެވެ. އަދި ކޯވިޑާއި ގުޅިގެން އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ.

މިއާއި އެކު އެޗްޕީއޭއިން ވަނީ ހާލަތާއި ގުޅިގެން އެޅި ގިނަ ފިޔަވަޅުތައް އުވާލާފަ އެވެ. އޭގެ ތެރޭގައި މާސްކު މަޖުބޫރު ކޮށްފައި އޮތް އޮތުން އުވާލުމާއި، ރަށްރަށަށް ގޮސް ކަރަންޓީން ވަނީ އުވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް