މިއަދު އޭޑީކޭއިން 905 މީހަކަށް އެޗް1އެން1 ވެކްސިން ޖަހާފައިވޭ

މިއަދު އޭޑީކޭ ހޮސްޕިޓަލުން ޖުމްލަ 905 މީހަކަށް އެޗް1އެން1 ވެކްސިން ޖަހާފައިވާކަމުގައި އޭޑީކޭ އިން ހާމަކޮށްފި އެވެ. އޭޑީކޭއިން މިކަން ހާމަކޮށްފައިވަނީ އެ ހޮސްޕިޓަލުން އާއްމު ކޮށްފައިވާ ވެކްސިން ޖެހި މީ...

23 Mar 2017 | 18:18

މިއަދު އޭޑީކޭ ހޮސްޕިޓަލުން ޖުމްލަ 905 މީހަކަށް އެޗް1އެން1 ވެކްސިން ޖަހާފައިވާކަމުގައި އޭޑީކޭ އިން ހާމަކޮށްފި އެވެ.

އޭޑީކޭއިން މިކަން ހާމަކޮށްފައިވަނީ އެ ހޮސްޕިޓަލުން އާއްމު ކޮށްފައިވާ ވެކްސިން ޖެހި މީހުންގެ ތަފާސް ހިސާބުގަ އެވެ. އެ ތަފާސް ހިސާބަށް ބަލާލާއިރު މިއަދު 905 މީހަކަށް ވެކްސިން ޖަހާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 432 އަންހެނުންނާއި 473 ފިރިހެނުންނެވެ.

އޭޑީކޭއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 905 މީހަކަށް ވެކްސިން ޖަހާފައިވާއިރު އޭޑީކޭއިން މައުލޫމާތުދޭގޮތުގައި ވެކްސިން ދިނުމުގެ ހިދުމަތް ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 އިން ރޭގަނޑު 9:00 އަށް ކުރިއަށްދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް