ހަށިގަނޑުގެ އެތެރޭގައި "ޕެރެސެޓިކް ޓްވިންއެއް އިނުމުގެ ސަބަބުން ހަތަރުފަޔާ އެކު ދުނިޔެއަށް އުފަންވި ކުއްޖެއްގެ އިތުރު ދެފައި ވަކިކޮށްލައިފި އެވެ.
އައިވަރީ ކޯސްޓަށް އުފަންވެފައިވާ ޑޮމިނީކް އުފަންވެފައިވަނީ "ޕެރެސެޓިކް ޓްވިން" އެއް ގައިގެ ތެރޭގައި ތާށިވެފައި ހުރެގެންނެވެ. މި އީ އެއްމާބަޑު ދެކުދިންގެ ތެރެއިން އެއްކުއްޖަކު ރަގަޅަށް އުފެދުމުގެ ކުރިން އަނެއްކުޖާ އާއި ގުޅުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ޑޮކްޓަރުން ވަނީ ހާމަކޮށްފަ އެވެ. އެ ޓްވިން ޑޮމިނީކް ހަށިގަނޑުން ވަކިކުރުމަށްޓަކައި އެޑްވަކޭޓް ޗިލްޑްރަން ހޮސްޕިޓަލުގެ 5 ޑޮކްޓަރުންވެގެން 6ގަޑި އިރުގެ ދިގު އޮޕަރޭޝަނެއް ކޮށް ވަނީ ކާމިޔާބު ހޯދާފަ އެވެ.
"މި އޮޕަރޭޝަން ދިޔައީ ވަރަށް ރަގަޅަށް. ހޮސްޕިޓަލުގައި ޑޮމިނީކް ހޭދަ ކުރަންޖެހުނީ އެންމެ 5 ދުވަސް. ކުޑަ ދުވަސް ކޮޅެއް ތެރޭގައި އޭނާ، އޭނަގެ ބެލެނިވެރިންނާ ހަވާލު ކުރެވޭނެ." ޑޮމިނީކްގެ އޮޕަރޭޝަނުގައި ހަރކާތްތެރިވި ޑޮކްޓަރެއް ވިދާޅުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް