ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ޓެރީސާ މޭއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސުލް ޖުމްހޫރިއްޔާ މި މެސެޖް ފޮނުއްވީ އިނގިރޭސިވިލާތުގެ ވެސްޓް މިނިސްޓަރގައި އިއްޔެ ދިން ހަމަލާއާއި ގުޅިގެން ޤައުމަށް ލިބުނު ހިތާމައިގައި ދިވެހިރާއްޖެ ބައިވެރިވާކަން ހާމަކުރުމުގެ ގޮތުންނެވެ.
ރާއީސުލް ޖުމްހޫރިއްޔާ މި ހާދިސާގެ ޚަބަރު އެއްސެވީ ހައިރާންކަމާއެކު ހިތާމައާއެކު ކަމުގައި މި މެސެޖުގައި ވިދާޅުވެފައިވެއެވެ. އަދި ޓެރަރިޒަމްގެ މިފަދަ ފިޑި އަމަލުތަށް ދިވެހިރާއްޖެއިން ހަރުކަށިގޮތުގައި ކުށްވެރި ކުރާކަށްވެސް އެމަނިކުފާނުވަނީ މި މެސެޖުގައި ބަޔާންކޮށްފަ އެވެ.
ޓެރަރިޒަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުވެގެން ތިބޭނެކަމަށާއި މި ކަމުގައި އިނގިރޭސިވިލާތާއި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ރާއްޖެއިން ކެޑިނޭޅި މަސައްކަތް ކުރާނެ ކަމަށްވެސް މި މެސްޖުގައި އެ މަނިކުފާނުވަނީ ވިދާޅުވެފަ އެވެ.
އިތުރަށް އެމަނިކުފާނު މެސެޖުގައި މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ރައްދުކޮށްދެއްވުމަށާއި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް