ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބަހުސްކުރެއްވުން ދެ ގަޑިއިރަށް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމަވައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ މިއަދު ކުރިއަށްދިޔަ ކޮމިޓީ ބައްދަލުވުމެއްގަ އެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދަވާއިރު، ޖަވާބު ދާރީވުމަށް 30 މިނެޓްގެ ވަގުތެއް މަސީޙުއަށް އެރުއްވުމަށްވެސް މިއަދުގެ ކޮމިޓީގައި ފާސްކުރައްވާފައިވެއެވެ.
އެއީ ބަހުސް ފަށްޓަވާއިރު 10 މިނެޓް، މެދުތެރެއިން 10 މިނެޓް އަދި ނިންމުމަށް 10 މިނެޓެވެ. ކޮމިޓީން ވަނީ މި މައްސަލައަށް ބަހުސް ކުރިއަށް ގެންދަވާއިރު، ޕާޓީތަކަށާއި މެމްބަރުންނަށް ވަގުތު ދޭން ނިންމާފައިވަނީ ބިލްތަކަށް ބަހުސްކުރުމަށް ވަގުތު ދޭ އުސޫލުންނެވެ.
މި މައްސަލަ ތާވަލް ކޮށްފައިވަނީ އަންނަ ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް