ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 7 މީހަކު އެޗް1އެން1 އަށް ޕޮޒިޓިވް ވެފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި، ފަރުވާ ނިމުމުން 13 މީހަކު ދޫކޮށްލާފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފި އެވެ.
ފާއިތުވި 24 ގަޑިއިރުގެ އެޗް1އެން1 އާގުޅޭ ތަފާސް ހިސާޞު އެޗްޕީއޭއިން އާއްމުކޮށްފައިވާއިރު އޭގައި ބުނެފައިވަނީ މި އަހަރުގެ މިހާތަނަށް އެޗް1އެން1 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދަކީ 176 ކަމަށެވެ. އިއްޔެ އެ އަދަދު އުޅުނީ 169 ގަ އެވެ. މީގެ އިތުރުން މިހާރު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކީ 23 ކަމުގައި ބުނެފައިވާއިރު އިއްޔެ މި އަދަދު އުޅެނީ 33 ގަ އެވެ. 13 މީހަކު ދޫކޮށްލާފައިވާކަމަށް ބުނެފައި ވެ އެވެ.
މި ބަލީގައި މިހާތަނަށް 3 މީހަކު މަރުވެފައި ވެ އެވެ. އެއީ ބިދޭސީއަކާއި 59 އަހަރުގެ އަންހެނެއްގެ އިތުރުން 26 އަހަރުގެ ފިރިހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް