ސްކޫލު ތަކުގެ ކިޔެވުން އާދީއްތަ ދުވަހު ފަށަން ނިންމައިފި

ފެތުރެމުންދާ ހުމާއި ރޯގާއާއި ގުޅިގެން ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށްފައި އޮތުމަށްފަހު އަންނަ އާދީއްތަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ފަށާނެކަން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ. މިކަމާ ގުޅޭގޮ...

23 Mar 2017 | 09:40

ފެތުރެމުންދާ ހުމާއި ރޯގާއާއި ގުޅިގެން ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށްފައި އޮތުމަށްފަހު އަންނަ އާދީއްތަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ފަށާނެކަން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިހާރު ރާއްޖޭގައި ފެތުރެމުންދާ އިންފުލުއެންޒާ ރޯގާ ކޮންޓްރޯލްކޮށް، މި ބަލިން ރައްކާތެރިވުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިސްވެ އޮވެ، ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކާއި ހާމަކުރައްވަމުން ގެންދަވާ ޞިއްޙީ ލަފާފުޅުތަކާއި ތަފާސްހިސާބާއި، ޢާއްމުން ޢަމަލު ކުރެއްވުމަށް ނެރުއްވަމުން ގެންދަވާ އިރުޝާދުތަކާ އެއްގޮތަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިދަނީ ފުރިހަމައަށް ބައިވެރިވެ، އެއަށް ޢަމަލު ކުރަމުން  ކަމަށެވެ.

"އެގޮތުން، އެ އެޖެންސީން އެކުލަވާލެއްވި ފަންނީ ޓީމުގެ ލަފާފުޅުގެ މަތިން، މިއަހަރުގެ ފުރަތަމަ ޓާރމްގެ މެދު ޗުއްޓީގެ 3 ދުވަސް ކުރިން، ދަރިވަރުންގެ ރައްކާތެރިކަމާއި ޙިމާޔަތަށް، ރާއްޖޭގެ އެންމެހައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަ ނޑާލާފައެވެ. މި ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި ރޯގާފެތުރެމުންދިޔަ މިންވަރާއި އިޖްތިމާޢީ ޙާލަތަށް ރިޢާޔަތްކޮށް ރާއްޖޭ ގެ ސްކޫލުތަކުގެ ކިޔެވުން މި މަހުގެ 26 ވާ އާދީއްތަ ދުވަހު ފެށޭނެ ވާހަކަ ދަންނަވަމެވެ." އެޑިއުކޭޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ ރޯގާގެ އެއްވެސް އަލާމާތެއް ކުއްޖެއްގެ ކިބައިން ފެންނަނަމަ އެކުއްޖަކު ސްކޫލަށް ނުފޮނުވައި ވީހާވެސް އަވަހަކަށް، ޞީއްޙީ ފަރުވާ ހޯދު މަށް މިފުރުޞަތުގައި އިލްތިމާސް ކުރާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ވެސް މިފަދަ ކަންކަމާ ގުޅިގެން ސްކޫލުތަކުގެ ދަރިވަރުންނަށް ގެއްލޭ ފިލާވަތުތައް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް، މިއަހަރު ވެސް ސްކޫލުތަކުން ހަމަޖައްސަވާނެ ވާހަކަ ބެލެނިވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. އަޅުގަ ނޑުމެންގެ ރާއްޖެއަށް ދިމާވާ މިފަދަ ކަންތައްތަކުން އަރައިގަތުމުގައި އަޅުގަ ނޑުމެންގެ އެންމެހައި ބެލެނިވެރިން ދެއްވަމުންގެންދަވާ އިޚްލާޞްތެރި އެއްބާރުލުމަށް މި ފުރުޞަތުގައި ޝުކުރު ދަންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް