ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާއިރު އެ ދުވަހު ޖަލްސާ އޮންނާނެ ކަމަށާއި ނަމަވެސް ޖަލްސާ ކުރިއަށްދާނީ ގާނޫނާއި ގަވާއިދާއި ހަމަތަކުގެ މަތިން ކަމުގައި މަޖިލީހުގެ ނައިބު ރައީސް، އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މޫސަ މިހެން ވިދާޅުވީ މަޖިލީހުގެ އިދާރާގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިހާރު ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ޖޯޝްގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ މި މަހުގެ 27 ގައި އިދިކޮޅު ފަރާތްތަކުން މީހުން މާލެ ގެނެސް މަޖިލިސް ވަށައިލިއަސް އަދި ބިރު ދައްކާ ނުފޫޒު ފޯރުވިއަސް ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ހިނގިޔަ ނުދެއްވާނެ ކަމަށެވެ. އަދި އެދުވަހު ޖަލްސާ ކުރިއަށް ދާނެ ކަމަށެވެ.
މޫސަ ވިދާޅުވީ މަސީހުގެ ވޯޓާއެކު އޭނާގެ މައްޗަށް ނަގާ ވޯޓެއް ވެސް ވައްދާފައިވާ ކަމަށާއި އޭގެ ބޭނުމަކީ 27 ގައި ވޯޓް ނަގާ ޖަލްސާ ވަކި ގޮތަކަށް އަނބުރާލަން ބޭނުންވެގެން ދައްކާ ބިރަކަށް ވިޔަސް އެފަރާތްތަކުން ބޭނުންވާ ގޮތަކަށް އެކަންކަން ނުގެންދެވޭނެ ކަމަށެވެ.
ތަފްސީލް އަންނަނީ ..
ތަފްސީލް އަންނަނީ ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް