ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރި ކަމަށް ބުނެ ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ދައުވާކުރާ ދެވަނަ މައްސަލައާ ގުޅިގެން ހުކުމް އިއްވުން އަންނަ ހަފްތާގެ އަންގާރަ ދުވަހަށް ހަމަޖައްސައިފިއެވެ.
ދީފައިވާ ހެކިންގެ ބަޔާނުގައި ސޮއިކޮށްފައި ނުވުމުން، ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރި ކަމަށް ބުނެ ދައުވާކުރާ ދެވަނަ މައްސަލައާ ގުޅިގެން އިއްވުމަށް ހަމަޖެހިފައިވާ ހުކުމް ފަސްކޮށްފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ.
ވިސާމްގެ މައްޗަށް ކުރާ ދެވަނަ ދައުވާ އަކީ 2015 ވަނަ އަހަރުގެ މާޗުގައި ބޭއްވި މުޒާޙަރާއެއްގެ ބަންދުކޮށްފައިވާ ސަރަހައްދަކަށް އޭނާ ވަތް ކަމަށް ބުނެ ކުރާ ދައުުވާއެކެެވެ. މައްސަލައިގެ އަޑު އެހުންތައް ނިމިފައިވާއިރު، ވިސާމްގެ މައްޗަށް ކުށް ސާބިތު ވޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ބުރާސްފަތި ދުވަހުއެވެ. ކުށް ސާބިތުވެއްޖެ ނަމަ ދެ ފަރާތުން އަދަބާ މެދު ވާހަކަ ދެއްކުމަށް ފަހު، ވިސާމްއަށް ޖަލު ހުކުމެއް އައުމަކީވެސް އެކަށީގެންވާ ކަމެކެވެ.
މީގެ ކުރިންވެސް ވިސާމްގެ މައްޗަށް މިފަދަ މައްސަލައެއް ސާބިތުވެ 28،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އޭނާގެ އެ ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް