ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުން ދިޔަ ރޯގާއާ ގުޅިގެން ސިވިލް ސާވިސް ގައި މަސައްކަތް ކުރަމުންދިޔަ މާބަނޑު މީހުންނަށް ދިން ޗުއްޓީ ނިންމާލައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ މާބަނޑު މުވައްޒަފުން އޮފީހަށް ހާޒިރުވުމުގައި ކަނޑައެޅި ލުއި ގޮތް ނިމުމަކަށް ގެނެސްފައިވާ ކަމަށާއި އަންނަ އާދީއްތަ ދުވަހުން ފެށިގެން އޮފީހަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.
މުސާރަ ހިނގާގޮތަށް ސިވިލްސާވިސްގެ މާބަނޑު މުވައްޒަފުންނަށް މިދިޔަ ބުރާސްފަތި ދުވަހު ޗުއްޓީ ދީފައިވާިއރު، ބައެއް މިނިވަން މުވައްސަސާ ތަކާއި ކުންފުނިތަކުގެ މާބަނޑު މުވައްޒަފުންނަށްވެސް ވަނީ މުސާރަ ހިނގާގޮތަށް ޗުއްޓީ ދީފައެވެ.
މާބަނޑު މީހުން ހިމެނެނީ ހައި ރިިސްކް ކެޓަގަރީގައި ކަމުން އެޗް1އެން1 އާއި ގުޅިގެން އެ މީހުންނަށް ވަނީ ވެކްސިންވެސް ދީފައެވެ.
ރާއްޖޭގައި އެޗް1އެން1 ހަލުވި ކަމާއެކު ފެތުރެމުން އަންނަ އިރު މިހާތަނަށް 169 މީހަކު މިބައްޔަށް ޕޮޒިޓިވްވެ ތިން މީހަކު ވަނީ މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް