މިއަހަރުގެ ރަމްޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި 19 މިސްކިތްތަކެއްގެ މަސައްކަތް ނިންމަން ބޭނުންވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
ޖުމްލަ 12 އަތޮޅުގައި މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ދާއިރު، މި މަޝްރޫޢުއަށް 139 މިލިއަން ރުފިޔާ ހަރަދު ވާކަމަށް އިސްލާމިން މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.
19 މިސްކިތުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރާއިރު އެކި މިސްކިތްތަކުގެ މަސައްކަތް ހުރީ އެކި މަރުހަލާގައެވެ. އެގޮތުން ގިނަ މިސްކިތްތަކުގެ ބޮޑު ބައެއް ނިމިފައިވާއިރު ބައެއް މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށެވެ. އޭގެތެރޭގައި ސައުދީ ސަރުކާރުން ފަންޑު ކޮށްގެން ނ.ޅޮހި، ށ.ފީވަށް އަދި ނ.މާޅެންދޫ ގައި އިމާރާތްކުރާ މިސްކިތްތައް ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކަކީ ސަރުކާރުގެ ބަޖެޓުންނާއި ސަޢުދީ ރަސްގެފާނުގެ ހިލޭއެހީއާއި ސަޢޫދީ ސަރުކާރުގެ ހިލޭ އެހީ އަދި އަލިފުޅުތުއްތު ފައުންޑޭޝަންގެ އެހީގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކެކެވެ.
މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 18 މިސްކިތެއްގެ މަސައްކަތްކޮށް ނިންމާލާފައިވާިރު، ގިނަ މިސްކިތްތައް ބޭނުންކުރަން ފަށާ، ހަތް މިސްކިތެއް ވަނީ ރަސްމީކޮށް ހުޅުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް