ސައުތު ކޮރެއާގެ ފެރީއެއް 3 އަހަރުފަހުން ތިލަވެއްޖެ

ސައުތު ކޮރެއާގެ "ސިއޯލް" ނަމަކަށް ކިޔާ ފެރީއެއް އަޑިޔަށް ދިޔަތާ 3 އަހަރު ފަހުން ތިލަކޮށްފި އެވެ. އެ ފެރީ އަޑިޔަށް ދިޔަ ހާދިސާއަކީ ސައުތު ކޮރެއާއަށް ދިމާވި ވަރަށް ހިތާމަވެރި ހާދިސާއެކެވެ. 14 އޭޕްރިލް 2...

23 Mar 2017 | 07:21

ސައުތު ކޮރެއާގެ "ސިއޯލް" ނަމަކަށް ކިޔާ ފެރީއެއް އަޑިޔަށް ދިޔަތާ 3 އަހަރު ފަހުން ތިލަކޮށްފި އެވެ.

އެ ފެރީ އަޑިޔަށް ދިޔަ ހާދިސާއަކީ ސައުތު ކޮރެއާއަށް ދިމާވި ވަރަށް ހިތާމަވެރި ހާދިސާއެކެވެ. 14 އޭޕްރިލް 2014 ގައި ހިނގި މިހާދިސާ 304 ފުރާނައެއްވަނީ މި ދުނިޔެއާ ވަކިވެފައެވެ. މީގެތެރެއިން ގިނައީ ކުޑަކުދިން ކަމަށް ސައުތުކޮރެއާއިން ހާމަކޮށްފައިވެއެވެ.

6،825 ޓަނުގެ މި ފެރީ އަޑިއަށް ދިއުމުން ތިލަ ކުރުމުގެ މަސައްކަތް ފަށާފައި ވީނަމަވެސް މި އަހަރާ ހަމައަށް އެކަން ވެގެން ދިޔައީ ނާކާމިޔާބު ކަމަކަށެވެ. ފެރީގެ ތެރޭގައި ތާށިވެފައި ތިބި ކުދިންގެ މައިންބަފައިން ހާމަ ކުރާ ގޮތުގައި މި ފެރީ ތިލަ ވާ ދުވަހަކަށް އެމީހުން ދިޔައީ އިންތިޒާރުކުރަމުންނެވެ. ދަރިންގެ ހަށިގަނޑުތަށް ބަލާލުމަށްޓަކައެވެ.

މި ފެރީ އަޑިއަށް ދާން މެދުވެރިވީ ކެޕްޓަންގެ ފަރުވާ ކުޑަކަމުންކަށް ބަލައި ފެރީގެ ކެޕްޓަނަށް ވަނީ މަރުގެ ހުކުމް ތަންފީޒު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް