ޗައިނާގައި ދަރިވަރުންތަކެއް ފާހާނާއަށް ދާން އުޅުމުގެ ތެރޭގައި ފިތިގެން ދެ ދަރިވަރަކު މަރުވެއްޖެ !

ޗައިނާގެ ސްކޫލެއްގައި ދަރިވަރުންތަކެއް ފިތި ބާރުވުމުގެ ސަބަބުން ދެ ދަރިވަރަކު މަރުވެ 30 ދަރިވަރަކު ޒަހަމް ވެއްޖެ އެވެ. މިހާދިސާ ހިނގާފައި ވަނީ ޕިޔޮންގް ކައުންޓީގެ ތިންވަނަ އެކްސްޕެރިމެންޓަލް ޕްރައިމަރ...

23 Mar 2017 | 05:44

ޗައިނާގެ ސްކޫލެއްގައި ދަރިވަރުންތަކެއް ފިތި ބާރުވުމުގެ ސަބަބުން ދެ ދަރިވަރަކު މަރުވެ 30 ދަރިވަރަކު ޒަހަމް ވެއްޖެ އެވެ.

މިހާދިސާ ހިނގާފައި ވަނީ ޕިޔޮންގް ކައުންޓީގެ ތިންވަނަ އެކްސްޕެރިމެންޓަލް ޕްރައިމަރީ ސްކޫލްގައެވެ. ޒިންހުއާ ނިއުސް އެޖެންސީއިން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިގަން މެދުވެރިވީ ހެދުނުގަނޑީގެ ބޮރޭކަށް ނިކުމެ ހުރިހާ ދަރިވަރުން އެއްކޮށް ކަހަލަ ގޮތަކަށް ފާހާނާއަށް ވަންނަން އުޅުމުންނެވެ.

އިތުރަށް މަޢުލޫމާތު ލިބޭގޮތުގައި މި ހާދިސާގައި ދަރިވަރުންތައް ފިތި ބާރުވެގެންގޮސް ފަހާނާގެ ފާރުވެސް ވަނީ ފަޅައިގެން ގޮސްފަ އެވެ. މި ހާދިސާގައި އަނިޔާ ލިބުނު ކުދިން ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފަށާފަ އެވެ.

މިއީ މިކަހަލަ ހާދިސާއެއް ޗައިނާގައި ހިގި ދެވަނަ ފަހަރެވެ. 2014 ގައިވެސް ޗައިނާގެ ސްކޫލެއްގެ ސިޑިމަތީގައި ފިތި ބާރުވުމުގެ ސަބަބުން 6 ދަރިވަރުން މަރުވެ 25 ދަރިވަރުންނަށް އެކއެކި ވަރުގެ ޒަހަމްތައް ލިބުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް