ނޯ ކޮންފިޑެންސް ވޯޓު ނެގުމަކީ މެމްބަރުންނަށް ލިބިގެންވާ ހައްގެއް: ރައީސް މައުމޫން

ނޯ ކޮންފިޑެންސް ވޯޓު ނެގުމަކީ ގާނޫނު އަސާސީން މަޖިލިސް މެމްބަރުންނަށް ލިބިފައިވާ ހައްގެއް ކަމަށާއި އެކަމާއި ގުޅިގެން މެމްބަރުންނަށް ބިރު ނުދެއްކޭނެ ކަމުގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް...

23 Mar 2017 | 05:16

ނޯ ކޮންފިޑެންސް ވޯޓު ނެގުމަކީ ގާނޫނު އަސާސީން މަޖިލިސް މެމްބަރުންނަށް ލިބިފައިވާ ހައްގެއް ކަމަށާއި އެކަމާއި ގުޅިގެން މެމްބަރުންނަށް ބިރު ނުދެއްކޭނެ ކަމުގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ރޭ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.

ރައީސް މައުމޫން މި މޭރުމުން ޓްވީޓް ކުރައްވާފައިވާއިރު އަންނަ ހޯމަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން ބައެއް މެމްބަރުންނަށް އިންޒާރު ދިނުމާއި ބައެއް މެމްބަރުންނާއިމެދު ފިޔަވަޅު އެޅުމުގެ ކަންކަން ހިންގަމުން އަންނަ ކަމުގައި ބައެއް މެމްބަރުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް