އަންނަ އާދީއްތަ ދުވަހު ކިޔެވުން ފަށާނެ:ގައުމީ ޔުނިވާސިޓީ

އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ކިޔެވުން ފެށުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ(އެމްއެންޔޫ)ން ނިންމައިފި އެވެ. އާދީއްތަ ދުވަހުން ފެށިގެން ކިޔެވުން ކުރިއަށްގެންދިއުމަށް ނިންމާފައިމިވަނީ މިހ...

23 Mar 2017 | 04:26

އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ކިޔެވުން ފެށުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ(އެމްއެންޔޫ)ން ނިންމައިފި އެވެ.

އާދީއްތަ ދުވަހުން ފެށިގެން ކިޔެވުން ކުރިއަށްގެންދިއުމަށް ނިންމާފައިމިވަނީ މިހާރު ރާއްޖޭގައި ފެތުރެމުން އަންނަ އެޗް1އެން1 އިންފްލުއެންޒާ އާއި ގުޅިގެން މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކިޔެވުން މެދުކަނޑާލާފައި އޮތުމަށްފަހުގަ އެވެ.

އެމްއެންޔޫގެ ކިޔެވުން އާދީއްތަ ދުވަހުން ފެށިގެން ކުރިއަށް ގެންދަން ނިންމާފައިވާއިރު ސްކޫލުތަކުގެ ކިޔެވުން ކުރިއަށްގެންދިއުމާއިމެދު އިއްޔެ ގޮތެއް ނިންމާނެ ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ނިންމި ގޮތް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް