2016ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އާއި އެސްއެސްސީ އިމްތިޙާނުގެ ސެޓްފިކެޓް ޑިޕާޓްމަންޓް އޮފް ޕްބްލިކް އެގްޒޭމިނޭޝަން އިން ދޫކުރާން ފަށާނެ ތާރީހާއި ވަގުތުތައް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ހާމަކޮށްފި އެވެ.
އެ ޑިޕާޓްމެންޓުން ބުނެފައިވަނީ ސެޓްފިކެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ 30 މާރިޗު 2017 ވަނަ ދުވަހުން ފެށިގެން 06 އޭޕްރީލް 2017 ގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށް ކަމަށެވެ.
ސެންޓަރުތަކުން ދޫކުރާ ދުވަހެއް ކަނޑައަޅާނީ އެސެންޓަރުންތަކުން ކަންމަށް ވެސް އެ ޑިޕާޓްމަންޓުން ބުނެފައި ވެ އެވެ.
މީގެ އިތުރުން އެ މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސެޓްފިކެޓް ނަގަން އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެ ކަމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެ މީހެއްގެ އައި.ޑީ.ކާޑާއި، ކެންޑިޑޭޓުގެ އައި.ޑީކާޑު ގެންނަންވާނޭ ކަމުގައިވެސް ބުނެފައި ވެ އެވެ. އަދި ހަމައެއާއެކު ސެންޓަރުތަކުގެ ސެޓްފިކެޓްތައް ދޫކުރެވޭނީ ސެޓްފިކެޓްތަކާ ހަވާލުވާމީހާގެ އައި.ޑީ.ކާޑާއި ސެންޓަރުގެ ލިޔުމެއް ހުށައެޅުމުން ކަމަށް ވެސް އެ ޑިޕާޓުމަންޓުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް