ރައްޔިތުންގެ މަޖިލީހުގައި ތުލުސްދޫ ދާއިރާ ތަމްސީލް ކުރައްވަމުންގެންދަވާ މެމްބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) ގެ ސުލޫކީ މައްސަލައެއް ޕީޕީއެމް އިން ބަލަން ފަށައިފި އެވެ.
ޕީޕީއެމްގެ ދެ ފެކްޝަނެއް އުފެދިފައިވާއިރު ވައްޑޭގެ މައްސަލަ ބަލަން ފަށާފައިވަނީ ރައީސް ޔާމީން ފެކްޝަނުންނެވެ. ވައްޑޭ އަކީ ރައީސް މައުމޫން ފެކްޝަންގެ ނައިބުރައީސް އެވެ.
ވައްޑޭގެ ސުލޫކީ މައްސަލައެއް ބަލަމުން އަންނަކަން އަންގާފައިވަނީ ޕީޕީއެމްގެ ސުލޫކީ ކޮމިޓީގެ މުގައްރިރު އަލީވަހީދު ސޮއި ކުރައްވާ ވައްޑޭއަށް އިއްޔެ ފޮނުއްވި ސިޓީއެއްގަ އެވެ. މި މައްސަލައިގާ ވައްޑޭ އެ ކޮމިޓީއަށް ހާޒިރުވާންވެސް އަންގާފައި ވެ އެވެ. ހާޒިރުވާން އަންގާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 އަށެވެ.
ވައްޑޭގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށް ޕީޕީއެމްގެ ސުލޫކީ ކޮމިޓީގެ މުގައްރިރު އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ސޮއިކުރައްވާ ވައްޑޭއަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވަނީ އަންގާފަ އެވެ.
ވައްޑޭގެ ސުލޫކީ މައްސަލައެއް ބަލަން ފަށާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހޯމަ ދުވަހަށް އެޖެންޑާ ކޮށްފައިވަނިކޮށެވެ. ވައްޑޭ އަކީ ފާޅުގައި ރައީސް ޔާމީންގެ ސަރުކާރަށް ފާޑުކިޔަމުން ގެންދާ މެމްބަރެއްކަން ފާހަގަކޮށްލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް