ތޮއްޑޫ ގެއެއްގެ ކޮޓަރީގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

އއ. ތޮއްޑޫ ގެއެއްގެ ކޮޓަރީގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހިމް ވިދާޅުވީ ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނުނީ މިރ...

23 Mar 2015 | 18:07

އއ. ތޮއްޑޫ ގެއެއްގެ ކޮޓަރީގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހިމް ވިދާޅުވީ ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނުނީ މިރޭ 08:30 ހާއިރު ކަމަށާއި އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

"ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ، ކަރުގަ މުންޑު ފޮތިގަނޑެއްކަހަލަ އެއްޗެއް އޮޅާފައި އޮތީ، ފޮތިގަނޑު ތަނެއްގަ އައްސާފައެއް ނެތް، އަނގައިން ލޭ އައިސްފައި ހުރި" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ އެގޭގައި އިތުރު ދެ ބިދޭސީއަކު އުޅޭ ކަމަށާއި މަރުވި ބިދޭސީމީހާއަކީ ކުޑަކޮށް ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށް އެބިދޭސީމީހާ ގެންގުޅޭ ވެރިފަރާތުން ބުނާ ކަމަށެވެ.

މިކަމާމެދު ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ އެރަށު ކައުންސިލުން ފުލުހުންނަށް މިކަން އެނގުމާއެކު ފުލުހުންގެ ޓީމެއް އެރަށަށް ދިއުމަށްޓަކައި ފުރާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް