ގްރޫޕް މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ލ. މުންޑޫ ނޫވިލު އަލީ ޒިޔަދަމް (29އ)ގެ މަރުގެ މައްސަލައިގާ ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެ އަތޮޅު ފޮނަދޫ ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޒިޔަދަމް މަރާލާފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ ދަންވަރު ވަގުތެއްގަ އެވެ. ޒިޔަދަމް އަށް ވަޅި ހަމަލާދިނީ ޒިޔަދަމްއާއެކު އުޅުނު އެކުވެރިންތަކެއްގެ ދެމެދުގައި ކަމެއްގައި ހިޔާލު ތަފާތުވުމުންނެވެ. އޭރު އެންމެންވެސްތިބީ މަސްތުގެ ހާލަތުގައި ކަމަށް އެރަށުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް