އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ހދ. މަކުނުދޫ، ޑައިމަންޑްވިލާ، އަހުމަދު އަކްރަމް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފި އެވެ.
އީސީގެ މެންބަރުކަމަށް އަކްރަމް އައްޔަން ކުރެއްވިކަމުގެ ލިޔުން އަކްރަމްއާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އީސީގެ މެމްބަރުކަމަށް އަކްރަމް އައްޔަން ކުރަން މަޖިލީހުން ފާސްކުރީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އަކްރަމް އައްޔަން ކުރުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 52 މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް