އަވަސްފިޔަވަޅުތަކެއް ނާޅައިފިނަމަ ހަލުވި ރޯގާއެއްހެން އަނިޔާވެރިކަން ފެތުރޭނެ: އިމްރާން

ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ހަލުވި ރޯގާއެއް ފަދައިން އަނިޔާވެރިކަން ފެތުރޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ސެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވ...

23 Mar 2015 | 04:56

ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ހަލުވި ރޯގާއެއް ފަދައިން އަނިޔާވެރިކަން ފެތުރޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ސެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. މި މޭރުމުން އިމްރާން ޓްވީޓް ކުރައްވާފައިވާއިރު މިހާރުގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއްކަމަށް އިމްރާން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

https://twitter.com/ShImranAb/status/579838195673645056

މި ފަހަކަށް އައިސް އިމްރާންގެ ބަސްމަގު ސަރުކާރާ ދެކޮޅަށް ބަދަލުވެފައިވާއިރު މިހާރު މިއޮތް ސަރުކާރު ވެރިކަމަށް ގެނައުމަށް އަދާލަތު ޕާޓީން ދައުރެއް އަދާކުރި އެވެ. ނަމަވެސް ސަރުކާރުން އަނިޔާވެރިކަން ހިޔާރުކޮށްފައިވާކަމަށާއި އެތައް ކަމެއް ބޮއްސުންލާފައިވާކަމަށްބުނެ އަދާލަތުން ވަނީ ސަރުކާރަށް ދެމުން އައި އެއްބާރުލުން ކަނޑާލާފަ އެވެ. އަދި އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އާ ގުޅިގެން އަދާލަތުން ވަނީ "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން" މިނަމުގައި ކޯލީޝަނެއް އުފައްދާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް