ގޯންޏެއްގައި ރައްކާ ކޮށްފައިހުރި 10 ކަތިވަޅިއާއެކު 03 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 19 އަހަރުގެ ދެ ޒުވާނުންނާއި 15 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ.
މި 03 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރޭ ދަންވަރު 03:45 ހާއިރު ބުރުޒުމަގު ހެންވޭރުކޮޅު ސަރަޙައްދުގައި އެ މީހުން ހަރަކާތްތެރި ވަމުންދިޔައިރު އެމީހުންގެ ޢަމަލުތައ ހުރި ގޮތުން ތުޙުމަތު ކުރެވިގެން އެވަގުތު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރި ވަމުން ދިޔަ ސްޕެސަލިސްޓް އޮޕަރޭޝަންސް ގައި މަސައްކަތް ކުރާ ފުލުހުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 10 ކަތިވަޅި ފެނިފައި ވަނީ އެ 03 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އެމީހުން ތިބި ސަރަޙައްދުން ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 19 އަހަރުގެ ދެ މީހުންނަކީ ތަފާތު އެކި ކަންކަމާއި ގުޅިގެން އެކިފަހަރުމަތިން ހުއްޓުވައި ސުވާލުކޮށްފައިވާ ދެ މީހުން ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް