ކުރީ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ރަމަޟާން މަހު ފެނާއި ކަރަންޓު ބިލުން ރައްޔިތުންނަށް ޑިސްކައުންޓު ލިބިގެންދާނެކަމުގެ ޚަބަރު ރައީސް ދެއްވައިފިއެވެ.
ރައީސް މި ޚަބަރު ރައްޔިތުންނަށް ދެއްވީ ދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް މަސްދަޅު ކޭސް ހަދިޔާކުރުމަށްފަހު އޭގެ ޚަރަދު ކަރަންޓު ބިލުން ނަގާނެކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް ބަދަލުގައި މިދިޔަ އަހަރެކޭވެސް އެއްގޮތަށް ކަރަންޓު ބިލާއި ފެން ބިލަށް ޑިސްކައުންޓު ލިބިގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް