އުރީދޫ ނޭޝަން ގޭމާސް ލޭންޑް: ދަ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ކުލަގަދަ ހަފްލާއަކާއެކު ނިންމާލީ، ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކާއި އީސްޕޯޓްސް އެތުލީޓުން އެއްތަނަކަށް ގެނެސް ފޯރިއާއެކުއެވެ.
މާލޭގެ އުސްފަސްގަންޑުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ހެލްތް އެންޑް ރެކްރިއޭޝަން އަލްފާޟިލް ޢަބްދުالله ރާފިޢު އެވެ.
މި ފެސްޓިވަލް ފެށުނީ ވައިބްރަންޓް ކޮސްޕްލޭ ސެގްމެންޓަކުން ކަމަށާއި މި ފެސްޓިވަލްގައި ހުނަރުވެރި ބައިވެރިން ވަނީ އައިކޮނިކް ގޭމިން އާއި އެނިމޭ ކެރެކްޓާތައް ދިރުވައި އެ މީހުންގެ އުފެއްދުންތެރިކަން ދައްކާލާފަ އެވެ. އެންމެ މޮޅު ކޮސްޕްލޭޔަރުން ފާހަގަކޮށް އެވޯޑް ދެވުނެވެ.
ރޭގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އަލްޓިމޭޓް ޕްލޭޔަރ އިއުލާނުކޮށް، އަހަރުގެ އެންމެ މޮޅު ކުޅުންތެރިންގެ އަގު ވަޒަންކުރެވިގެންދިޔައެވެ. ވަރުގަދަ ވާދަވެރިކަމަކަށްފަހު ހައިޝަމް ވަޙީދު ވަނީ "އަލްޓިމޭޓް ޕްލޭޔަރ"ގެ ޝަރަފުވެރި ލަގަބާއި ތަށި ހޯދާފައެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ރާފިއު ވަނީ ރާއްޖޭގައި އީސްޕޯޓްސް އާއި ގޭމިން ސަގާފަތް ކުރިއެރުވުމުގައި އުރީދޫ ނޭޝަން އިން އަދާކުރަމުން އަންނަ ދައުރަށް ތައުރީފް ކުރައްވާފައެވެ. "ގޭމިން އާއި އީސްޕޯޓްސް އަކީ ދުނިޔޭގެ މުނިފޫހިފިލުވުމާއި ޑިޖިޓަލް އިނޮވޭޝަންގެ ބޮޑު ބަޔަކަށް ވެއްޖެ. ގެމަރސް ލޭންޑް ފަދަ އިވެންޓްތަކުން އަޅުގަނޑުމެންގެ ހުނަރުވެރި ގޭމަރުންނަށް ޕްލެޓްފޯމެއް ލިބުމުގެ އިތުރުން ރާއްޖޭގެ އިންޑަސްޓްރީ ކުރިއެރުވުމަށް ވެސް އެހީތެރިވެދެއެވެ."
އުރީދޫ މޯލްޑިވްސް އަކީ އުރީދޫ ނޭޝަން މެދުވެރިކޮށް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވައި، ޑިޖިޓަލް ޒަމާނުގައި ކުޅުންތެރިންނަށް ވާދަކޮށް، ގުޅާލައި، ކުރިއެރުމުގެ ފުރުސަތު ތައް ފަހިކޮށްދިނުމުގައި ދެމިއޮންނާނެ ކުންފުންޏެކެވެ.
ވަނަ ވަނަ ތަކާއި ކާމިޔާބީތައް:-
ޕަބްޖީ މޯބައިލް
- 50،000 ރުފިޔާގެ ފައިސާގެ އިނާމާއެކު ޗެމްޕިއަން ކަން – SDMZ ESPORT
- 20،000 ރުފިޔާގެ ފައިސާގެ އިނާމާއެކު ދެވަނަ – AKAZAYA ESPORTS
- 15،000 ރުފިޔާގެ ފައިސާގެ އިނާމާއެކު ތިންވަނަ – LF SKYFORCE
- 10،000 ރުފިޔާގެ ފައިސާގެ އިނާމާއެކު ހަތަރުވަނަ – SDMZ NG
- 5،000 ރުފިޔާގެ ފައިސާގެ އިނާމާއެކު MVP – SDMZHAITTE
މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް (MLBB)
- 20،000 ރުފިޔާގެ ފައިސާގެ އިނާމާއެކު ޗެމްޕިއަން ކަން – LNN SLEEPING
- 15،000 ރުފިޔާގެ ފައިސާގެ އިނާމާއެކު ދެވަނަ – VIGANI
- 10،000 ރުފިޔާގެ ފައިސާގެ އިނާމާއެކު ތިންވަނަ – LNN SLFO PILOTS
- 5،000 ރުފިޔާގެ ފައިސާގެ އިނާމާއެކު MVP – REAPER MAAL
އީއޭއެފްސީ
- 20،000 ރުފިޔާގެ ފައިސާގެ އިނާމާއެކު ޗެމްޕިއަން ކަން – ޒަމީލް ޒިހުނީ
- 15،000 ރުފިޔާގެ ފައިސާގެ އިނާމާއެކު ދެވަނަ – ޖަނާން މުޙައްމަދު
- 10،000 ރުފިޔާގެ ފައިސާގެ އިނާމާއެކު ތިންވަނަ – މުޙައްމަދު އައިމަން
- 5،000 ރުފިޔާގެ ފައިސާގެ އިނާމާއެކު ޓޮޕް ސްކޯރަރ ކަން – ޒަމީލް ޒިހުނީ (62 ގޯލްސް)
ކޯސްޕްލޭ ކޮމްޕެޓިޝަން
- 5،000 ރުފިޔާގެ ފައިސާގެ އިނާމާއެކު އެއްވަނަ – އައިޝަތު ޚުމައިޝާ ބިންތި ޔޫސުފް
- 3،000 ރުފިޔާގެ ފައިސާގެ އިނާމާއެކު ދެވަނަ – މަރިޔަމް އަރީން ޝަހީދު
- 2،000 ރުފިޔާގެ ފައިސާގެ އިނާމާއެކު ތިންވަނަ – މުޙައްމަދު ޢަމީރު ޢާމިރު
އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔަރ
- 30،000 ރުފިޔާގެ ފައިސާގެ އިނާމާއެކު – ހައިޝަމް ވަހީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް