ރ. އަތޮޅު ކައުންސިލު އިދާރާއަށް ސިހުރު ހަދާކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ރ. އުނގޫފާރު، ރިވެލި، އުމުރުން 61 އަހަރުގެ މުޙައްމަދު އަމްޖަދާއި ހަމަ އެ ރަށު ނަސީރީހިޔާ، އުމުރުން 67 އަހަރުގެ މުޙައްމަދު ވަޙީދެވެ.
ފުލުހުން ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ހުކުރު ދުވަހު އެމީހުން ހައްޔަރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެމީހުންގެ ބަންދަށްވެސް 15 ދުވަސް ކޯޓުން ދީފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް