މަސްތުވާ ތަކެއްޗާއެކު ވެލިދޫން ދެމީހަކު ހައްޔަރު

ކައުންޓަރ ނާކޮޓިސް އިންޓެލިޖެންސާއި ނ.ވެލިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފެބުރުވަރީ 20 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގަ...

23 Feb 2025 | 08:02

ކައުންޓަރ ނާކޮޓިސް އިންޓެލިޖެންސާއި ނ.ވެލިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފެބުރުވަރީ 20 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ / ހުދުއަސުރުމާގެ، ޢަބްދުއްލަޠީފް މޫސާ (47އ) އާއި، ނ. ވެލިދޫ / ނެދުންގެ، މުޙައްމަދު މާޢިދު (28އ) އެވެ.

މި އޮޕަރޭޝަނުގައި މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 440.7 ގުރާމު ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރިކުރުމުން ޢަބްދުއްލަޠީފް މޫސާ 32 ދުވަހަށް އަދި މުޙައްމަދު މާޢިދު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް