ދިރާގުގެ އީއޭފްއޭސީ މިނީ ސީރީޒް 1 އީސްޕޯޓްސް އިވެންޓް ލޯންޗުކޮށްފި

ދިރާގުގެ އީއޭއެފްސީ މިނީ ސީރީޒް 1 އީސްޕޯޓްސް އިވެންޓް ލޯންޗުކޮށްފިއެވެ. ތިން ދުވަހުގެ މުއްދަތަށް ދިރާގު ހެޑް އޮފީހުގައި ކުރިއަށްދާ މި ހަރަކާތް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެ...

23 Feb 2024 | 14:03

ދިރާގުގެ އީއޭއެފްސީ މިނީ ސީރީޒް 1 އީސްޕޯޓްސް އިވެންޓް ލޯންޗުކޮށްފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ދިރާގު ހެޑް އޮފީހުގައި ކުރިއަށްދާ މި ހަރަކާތް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުالله ރަފީޢު އާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިސްމާއިލް ރަޝީދެވެ.

މި އިވެންޓުގައި ކުރިއަށްދާ މައިގަނޑު ދެ މުބާރާތް ކަމަށްވާ އީއޭއެފްސީ 24 މިނީ ސީރީޒް 1 އަދި ޓެކެން އޯޕަންއަށް ދިރާގުން ވަނީ ޕްރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު މީގެ ކުރިން ހުޅުވާލާފައެވެ. އަދި މީގެ އިތުރުން އިވެންޓްއަށް އަންނަ ފަރާތްތަކަށް ވަގުތުން ބައިވެރިވެގެން އިނާމު ލިބޭ ގޮތަށް އީއޭއެފްސީ ޑުއޯސް އަދި މޯޓަލް ކޮމްބެޓްގެ ޗެލެންޖުތައްވެސް ކުރިއަށްދާނެއެވެ. 500 އަށްވުރެ ގިނަ ކުޅުންތެރިންނާއެކު ކުރިއަށްގެންދާ މި އިވެންޓުގައި ޖުމްލަ 40،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހެމާނު، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުالله ރަފީޢު ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ދިރާގުން ކުރަމުން އަންނަ މަސައްކަތަށް ފާހަގަކުރައްވާފައެވެ. އަދި ދިރާގުގެ އިސްނެގުމުގެ ދަށުން ބާއްވާ އީސްޕޯޓްސް މުބާރާތްތަކާއިއެކު މި ކުޅިވަރު ކުރިއަރާނެކަމަށް ޔަޤީންކުރައްވާކަމަށާއި،  މިފަދަ މުބާރާތްތަކުގެ ސަބަބުން ހުނަރުވެރި ގޭމަރުންނަށް ފުރުސަތުތައް ފަހިވެ، ޕްރޮފެޝަނަލް ކުޅިވަރެއްގެ ގޮތުގައި މިކަމުން ކުރިއަށްދާން ހިތްވަރު ލިބޭނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް މިނިސްޓަރ ރާފިޢު ވިދާޅުވިއެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިސްމާއިލް ރަޝީދު ވަނީ ގޭމަރުންގެ އެއްވަނަ ނެޓްވަރކް، ދިރާގާ އެކު ކުޅުންތެރިން ތިބިކަމަށްޓަކައި އެފަރާތްތަކަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގައި އީސްޕޯޓްސް ކުރިއަށްގެންދިޔުމަށް އެކުންފުނިން ދޭ އަހައްމިއްޔަތުކަމަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން ސީއީއޯ ވަނީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް އެންމެ ފުރިހަމަ ތަޖުރިބާ ހޯދައިދިނުމަށް ދިރާގުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ފާހަގަކުރައްވާފައެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްޤީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުންދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް