ޔޫކްރޭނަށް އަރައިގަތުމުގައި ރަޝިޔާއަށް ވަރުގަދަ ސިޔާސީ ތާއީދެއް ފޯރުކޮށްދީފައިވާ ޗައިނާގެ ފޮރިން މިނިސްޓަރު އަންގާރަ ދުވަހު ވިދާޅުވީ ޗައިނާއިން މިހާރު ބޭނުންވަނީ ހަމަނުޖެހުން ނިމުމަކަށް ގެނައުމުގައި ދައުރެއް އަދާކުރުމަށެވެ.
ބެއިޖިންގައި ބޭއްވި ސަލާމަތީ ކޮންފަރެންސެއްގައި ބައިވެރިންނަށް ވާހަކަ ދައްކަވަމުން ކިން ގޭންގް ވިދާޅުވީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ހަނގުރާމަ އިތުރަށް ގޯސްވެ، ކޮންޓްރޯލުން ނައްޓަފާނެތީ ޗައިނާ ކަންބޮޑުވާ ކަމަށެވެ.
ޗައިނާއިން ސުލްހައިގެ މަޝްވަރާތަކަށް އިލްތިމާސްކޮށް، ސިޔާސީ ހައްލެއް ގެނައުމަށް "ޗައިނާގެ ޙިކުމަތް" ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭންގެ އާންމު ރައްޔިތުންނާ ދެކޮޅަށް ރަޝިޔާގެ އަރައިގަތުން ނުވަތަ އަނިޔާވެރިކަން ކުށްވެރިކުރުމަށް ޗައިނާއިން ދެކޮޅު ހަދައި، މޮސްކޯއާ ދެކޮޅަށް ހުޅަނގުން އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ޗައިނާއާއި ރަޝިޔާއިން ވަނީ އެމެރިކާއާ ދެކޮޅު ހަދަން ޚާރިޖީ ސިޔާސަތުތައް އެއްގޮތްކޮށް، ޔޫކްރޭން އަރައިގަތުމުގެ ހަފްތާތަކެއް ކުރިން އެގައުމުގެ ލީޑަރުން ވަނީ "ހައްދެއް ނެތް" ޕާޓްނަޝިޕެއް އިއުލާންކޮށްފަ އެވެ. ޗައިނާއިން ވެސް ބުނަނީ ރަޝިޔާއަށް އަސްކަރީ ބާރު ބޭނުން ކުރުމަށް ބާރުއެޅީ ނޭޓޯއިން ކަމަށެވެ.
އެހެނަސް ކިން ވަނީ ޗައިނާއިން "އަބަދުވެސް ގެންގުޅެނީ މައްސަލައިގެ މެރިޓަށް ބަލައިގެން އޮބްޖެކްޓިވް އަދި އެއްވެސް ފަރާތަކަށް ނުބަލާ ސްޓޭންޑެއް" ކަމަށް ބުނާ ވާހަކަ ތަކުރާރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް