"އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުމަކީ އަހަރެމެންނާ ބެހޭ ކަމެއް ނޫން" ޖަރުމަނުގެ ސަފީރު

އިންޑިއާއިން ރަޝިޔާއިން ތެޔޮ ގަތުމަކީ އަޅުގަނޑުމެނާ ބެހެވޭ ކަމެއް ނޫން ކަމަށް އިންޑިއާގައި ހުންނަވާ ޖަރުމަނުގެ ސަފީރު ޑރ ފިލިޕް އެކަރމަން ބުދަ ދުވަހު ވިދާޅުވެ، މިއީ އިންޑިއާ ސަރުކާރުގެ ނިންމުމެއްކަން ...

23 Feb 2023 | 17:22

އިންޑިއާއިން ރަޝިޔާއިން ތެޔޮ ގަތުމަކީ އަޅުގަނޑުމެނާ ބެހެވޭ ކަމެއް ނޫން ކަމަށް އިންޑިއާގައި ހުންނަވާ ޖަރުމަނުގެ ސަފީރު ޑރ ފިލިޕް އެކަރމަން ބުދަ ދުވަހު ވިދާޅުވެ، މިއީ އިންޑިއާ ސަރުކާރުގެ ނިންމުމެއްކަން ފާހަގަކުރެއްވިއެވެ.

އަދި ރަޝިޔާ އާއި ޔޫކްރޭންގެ މައްސަލައަށް ހައްލެއް ހޯދުމަށް އިންޑިއާއަކީ ކޮންމެވެސް މަރުހަލާއެއްގައި ވަރަށް އެކަށީގެންވާ ރޯލެއް ކުޅެވޭނެ ކެންޑިޑޭޓެއް ނަމަވެސް މިހާރު މިއީ އެ ދަނޑިވަޅު ނޫން ކަމަށް ޖަރުމަނު ސަފީރު ވިދާޅުވި އެވެ.

"އިންޑިޔާއިން ރަޝިޔާއިން ތެޔޮ ގަތުމަކީ އަސާސީ ގޮތުން އަޅުގަނޑުމެންގެ ވިޔަފާރިއެއް ނޫން. އެއީ އިންޑިއާ ސަރުކާރުން ނިންމާ ކަމެއް އަދި ވަރަށް ހެޔޮ އަގެއްގައި ލިބޭތީ އެ ގަންނަ އެއްވެސް ސަރުކާރަކަށް އަޅުގަނޑުމެނަށް ގޮތެއް ނުކިޔޭނެ" ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެކަރމަން ވިދާޅުވި އެވެ.

ސަފީރު މި ވާހަކަތައް ދެއްކީ ޖަރުމަނުގެ ޗާންސެލަރު އޮލަފް ޝޮލްޒް ފެބްރުއަރީ 25 އަދި 26 ގައި އިންޑިއާއަށް ކުރައްވާ ދަތުރުފުޅާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެގައި ވާހަކަ ދައްކަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް