އަލިފާނުގެ ދެ ހާދިސާ ހިނގިފަހުން ފެނުނު ކަށިތަކާއި ބެހޭ މައުލޫމާތު ފުލުހުން ހާމަކޮށްފި

މިދިޔަ އަހަރުގެ ނޮވެމްބަރުގައި މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިއާއާއި ޑިސެމްބަރު މަހު ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ފެނުނު ކަށިތަކުގެ މައުލޫމާތު ފުލުހުން މިއަދު ހާމަކޮށްފިއެވެ. އ...

23 Feb 2023 | 15:01

މިދިޔަ އަހަރުގެ ނޮވެމްބަރުގައި މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިއާއާއި ޑިސެމްބަރު މަހު ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ފެނުނު ކަށިތަކުގެ މައުލޫމާތު ފުލުހުން މިއަދު ހާމަކޮށްފިއެވެ.

އެގޮތުން އެންމެ ގުޅީފަޅު އަލިފާނުގެ ހާދިސާއަށްފަހު ފެނުނު ކަށިތަކާއި ގުޅޭގޮތުން ފުލުހުން ބުނީ އެ ހާދިސާ ހިނގިތަނުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ އެތަނަށް ގެއްލުނު މީހާގެ ހަށިގަނޑުކަން ވަނީ ކަށަވަރު ކުރެވިފައި ކަމަށެވެ.

"އެ ހަށިގަނޑު މިހާރު ވަނީ އާއިލާއާ ހަވާލުކުރުމަށް މި ހަފްތާގެ ތެރޭގައި އިންޑިއާއަށް ފޮނުވާފައި" ފުލުހުން ބުނެފައިވެއެވެ.

ނިރުފެހިގެ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ފެނުނު ފައިތިލައަކީ އަލިފާނުގެ ހާދިސާގައި ނިޔާވި މީހެއްގެ ފައިތިލަކަން ކަށަވަރުކުރެވިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި އެ ފައިތިލަ މިހާރު ވަނީ ވަޅުލާފައިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް