އިއްޔެ ރޭ މާލޭ ގެސްޓު ހައުސްއެއްގެ ތެރެއިން ޖިންސީ ގުޅުން ހިންގަނިކޮށް ހައްޔަރު ކުރި ދިވެހި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
ފުލުހުން ހިންގި އޮޕަރޭޝަންގައި ބަލާ ފާސްކުރީ ރޯޅި ގެސްޓު ހައުސްއެވެ. އެތަނުން ހަށިވިއްކުމުގެ ތުހުމަތުގައި ހައްޔަރު ކުރީ އެ ދިވެހި މީހާ އާއި ތިން ބިދޭސީންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޭގެ ތެރެއިން ދިވެހި މީހާގެ މުއްދަތު އިތުރު ކުރަން ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއި އެކު ވަނީ ދޫކޮށްލާފައި ކަމަށެވެ. އެއީ43 އަހަރުގެ މީހެކެވެ.
ދެން އެ މައްސަލައިގަ ހައްޔަރު ކުރި ބިދޭސީ ފިރިހެން މީހާގެ ބަންދަށް ކޯޓުން ދީފައިވަނީ15 ދުވަހެވެ. އަނެއް ދެ އަންހެނުންގެ ބަންދަށް ޖަހައިދީފައިވަނީ އެއް ދުވަހެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް