ގްލޯބަލް ޝެފްސް ޗެލެންޖުގެ ސެމީ ފައިނަލުގައި މަހާ ފަންޑިޔާރުކަން ކޮށްފި

ޔޫރަޕުގެ 40 ޓީމެއްގެ ސެފުން ވާދަކުރި ގްލޯބަލް ޝެފްސް ޗެލެންޖުގެ ސެމީ ފައިނަލުގައި ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ޝެފް ފަންޑިޔާރުންނާއި އެކު ރާއްޖޭގެ މާސްޓާ ޝެފް މަހާ ނަޞީރު ފަންޑިޔާރުކަން ކޮށްފިއެވެ. މ...

23 Feb 2023 | 05:47

ޔޫރަޕުގެ 40 ޓީމެއްގެ ސެފުން ވާދަކުރި ގްލޯބަލް ޝެފްސް ޗެލެންޖުގެ ސެމީ ފައިނަލުގައި ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ޝެފް ފަންޑިޔާރުންނާއި އެކު ރާއްޖޭގެ މާސްޓާ ޝެފް މަހާ ނަޞީރު ފަންޑިޔާރުކަން ކޮށްފިއެވެ.

މި ސެމީ ފައިނަލްގައި ބައިވެރިވި ޔޫރަޕުގެ 40 ޓީމުން 2024 ވަނަ އަހަރުގެ 20-25 އޮކްޓޫބަރުގައި ސިންގަޕޫރުގައި އޮންނަ ގްލޯބަލް ޝެފް ޗެލެންޖް ފައިނަލުގައި 4 ކެޓަގަރީއަކުން ވާދަ ކުރާނެއެވެ.

އެ ކެޓަގަރީތަކަކީ ދަ ގްލޯބަލް ޝެފްސް ޗެލެންޖް، ގްލޯބަލް ޕޭސްޓްރީ ޝެފްސް ޗެލެންޖް، ގްލޯބަލް ވީގަން ޝެފްސް ޗެލެންޖް، އަދި ގްލޯބަލް ޔަންގް ޝެފްސް ޗެލެންޖް އެވެ.

19 ފެބްރުވަރީ އިން 22 ފެބްރުވަރީ އަށް ގްލޯބަލް ޝެފްސް ޗެލެންޖުގެ ސެމީ ފައިނަލު ކުރިއަށް ގޮސްފައިވަނީ އިޓަލީގެ ރިމިނީގައި އެވެ.

މާހާ އަކީ ސިންގަޕޫރުގެ ކްރިއޭޓިވް ކަލިނަޔާ އާޓްސް އެންޑް ކުޒީން އިން ޑިގްރީ ހާސިލް ކޮށްފައިވާ ޝެފެކެވެ.

އަދި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރަމުން އަންނަ މަހާ އަކީ މާސްޓާ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑުން ދޭ މާސްޓާ ޝެފްގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފެވެ.

އޭނާ ވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ހޯދާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް