ފުރަގަސްފަރާތް ބޭނުންކޮށްގެން ގައިދީއަކު ޖަލަށް ޑްރަގް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފިއެވެ.
އެކަން ހާމަ ކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅެވެ.
އެނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަސްތުވާތަކެތި އަތުލައިގަތީ މާފުށި ޖަލަށް ގެންދިޔަ ގައިދީއެއް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. އެ މަސައްކަތް ކުރީ ކަރެކްޝަންސް އާއި ފުލުހުން ގުޅިގެންނެވެ.
އަހުމަދު ވިދާޅުވީ އެ މަސައްކަތުން އެ ޤައިދީގެ ހަށިގަނޑު އެކްސްރޭ ނަގައި ބެލިއިރު ފުރަގަސްފަރާތް ބޭނުންކޮށްގެން ވައްދަން މަސައްކަތްކުރި މަސްތުވާތަކެތި ވަނީ އަތުލައިގެންފައި ކަަމަށެވެ.
އެ ޓުވީޓާއި އެކު އޭނާ ވަނީ ގައިދީގެ އެކްސްރޭއިން ހަށިގަނޑު ތެރޭގައި މަސްތުވާތަކެތި ހުރިތަން ފެންތަ ތަނާއި އެތަކެތި ނަގަފާފައި ހުއްޓަ ފެންނަ ފޮޓޯއެއް އާންމު ކުރައްވާފައި އެވެ.
https://twitter.com/ahumadhumohamed/status/1628623577426857989
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް