މެމްބަރު ރިޒާ އަވަހާރަވުމާއި ގުޅިގެން އާއިލާއަށް މަޖިލީހުން ތައުޒިޔާ ފޮނުވައިފި

ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން އާއިލާއަށް ތައުޒިޔާ ފޮނުއްވައިފި އެވެ. ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވ...

23 Feb 2023 | 05:05

ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން އާއިލާއަށް ތައުޒިޔާ ފޮނުއްވައިފި އެވެ.

ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވީ ރޭގެ ވަގުތެއްގައި މެލޭޝިއާގައި އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ރިޒާ އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ.

ރިޒާ މަޖިލީހުގެ މެމްބަރުކަން ކުރައްވާތާ 14 އަހަރު ވެއްޖެ އެވެ. ރިޒާ ތިން ދައުރުގައިވެސް ކުރައްވާފައިވަނީ ކ. ގުރައިދޫ ދާއިރާގެ މެމްބަރު ކަމެވެ.

އެންމެ ފުރަތަމަ މެމްބަރުކަން ކުރެއްވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި 2009 ވަނަ އަހަރުން 2014 ވަނަ އަހަރަށެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި 2014 އިން 2019 އަށް މަސައްކަތް ކުރެއްވި އެވެ.

އާލާސްކަންފުޅާއި އުޅުއްވުމަށް ފަހު އަވަހާރަވިއިރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާކީ ދައުރު ނިމެން އޮތީ އަހަރެއްހާ ދުވަހެވެ.

މެމްބަރު ރިޒާ އަވަހާރަވުމާއި ގުޅިގެން ސަރުކާރުގެ ވެރިންނާއި ސިޔާސީ ފަރާތްތަކުން ދަނީ ތައުޒިޔާ ފޮނުއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް