މިއަހަރު ބަޖެޓުން ހަ ސިޔާސީ ޕާޓީއަކަށް 36.8 މިލިއަން ރުފިޔާ ދޭން ނިންމައިފި

މިއަހަރުގެ ދައުލަތުގެ ބަޖެޓުން ހަ ސިޔާސީ ޕާޓީއަކަށް36.8 މިލިއަން ރުފިޔާ ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައަޅާފ...

23 Feb 2023 | 04:16

މިއަހަރުގެ ދައުލަތުގެ ބަޖެޓުން ހަ ސިޔާސީ ޕާޓީއަކަށް36.8 މިލިއަން ރުފިޔާ ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައަޅާފައިވަނީ 36,896,088.00 ރުފިޔާ ކަމަށެވެ. މިގޮތަށް ނިންމީ އީސީގެ އިއްޔެގެ ބައްދަލުވުމުގައި އެވެ.

އެ ފައިސާ ދޭން ނިންމާފައިވާ ހަ ސިޔާސީ ޕާޓީގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބެނީ އެމްޑީޕީ، ޕީޕީއެމް، އަދި ޖުމްހޫރީ ޕާޓީއަށެވެ. ހަތަރު ވަނައަށް އެންމެ ގިނަ ފައިސާ އެމްޑީއޭއަށެވެ. ފަސް ވަނައަށް އެމްއެންޕީއަށް އަދި ހަވަނައަށް އެންމެ ގިނަ ފައިސާ ދޭން ނިންމާފައިވަނީ އަދާލަތު ޕާޓީއަށެވެ.

ބަޖެޓުން ފައިސާ ދޫކުރަން ނިންމާފައިވަނީ:

އެމްޑީޕީ: 14.2 މިލިއަން ރުފިޔާ (57،529 މެމްބަރުން)

ޕީޕީއެމް: 9.54 މިލިއަން ރުފިޔާ (38،632 މެމްބަރުން)

ޖޭޕީ: 5.68 މިލިއަން ރުފިޔާ (22،993 މެމްބަރުން)

އެމްޑީއޭ: 2.59 މިލިއަން ރުފިޔާ (10،488 މެމްބަރުން)

އެމްއެންޕީ: 2.45 މިލިއަން ރުފިޔާ (9،937 މެމްބަރުން)

އަދާލަތު ޕާޓީ: 2.41 މިލިއަން ރުފިޔާ (9،765 މެމްބަރުން)

މި ފައިސާގެ ތަފްސީލް ދެމުން އިލެކްޝަންސް ކޮމިޝަނުން ބުނީ ޕާޓީތަކަށް ފައިސާ ބަހާފައިވަނީ ބޮލަކަށް 247.05ގެ ރޭޓުން ކަމަށެވެ. ފައިސާ ދޫކުރަން ނިންމީ2023 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ދުވަހާއި ހަމައަށ ް10،000 މެމްބަރުން ހަމަވެފައި ތިބި ސިޔާސީ ޕާޓީތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް