ގުރައިދޫ ދާއިރާގެ މެންބަރު ރިޒާ އަވަހާރަވެއްޖެ

ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އަވަހާރަވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ރިޒާ އަވަހާރަވަނީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިރޭގެ ވަގުތެއްގައި މެލޭޝިޔާގައެވެ. ކެން...

23 Feb 2023 | 00:35

ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރިޒާ އަވަހާރަވަނީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިރޭގެ ވަގުތެއްގައި މެލޭޝިޔާގައެވެ.

ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމުގައި މި ފަހުން ރިޒާ ވަނީ ގިނަ ދުވަސްތަކެއް ރާއްޖެއިން ބޭރުގައި ހޭދަކުރައްވާފައެވެ.

ރިޒާ އަވަހާރަވުމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި ރިޒާއަކީ ޕީޕީއެމް އަށް ނިސްބަތްވާ މެންބަރެކެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހަށް ހޮވާ މެންބަރުންގެ ތެރޭގައި ރިޒާ ހިމެނިވަޑައިގެން ޖޭއެސްސީގެ ނައިބުރައީސްކަން ކުރެއްވެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް