ކޯވިޑްގައި މިއަދު ދެވަނަ މަރު، ޖުމްލަ 294ށް

ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވޭ މިރޭ 6:54 ގައި އެވެ. މަރުވި އިރު އެމ...

23 Feb 2022 | 18:51

ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވޭ މިރޭ 6:54 ގައި އެވެ.

މަރުވި އިރު އެމީހައަށް ފަރުވާ ދެމުން ދިޔައީ ގދ. ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 294 ވަނަ މީހާ އެވެ. އަދި މިމަހުގެ މިހާތަނަށް ކޯވިޑަށް ފަރުވާ ދެނިކޮށް މަރުވި 17 ވަނަ މީހާ އެވެ.

މެދުކެނޑުމަކަށް ފަހު ކޯވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވަނީ މިދިޔަ މަހު އެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތަށް ބަލާއި އިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 167،000 އަށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް