އެފްބީއައިއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ މާލެއިން އައިއެސްގެ މީހަކު ހައްޔަރުކޮށްފި

އެމެރިކާގެ އެފްބީއައި އާއި ޔޫރަޕްގެ ދެ ގައުމެއްގެ ކަމާބެހޭ އިދާރާތައް ގުޅިގެން ދިވެހި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ މެންބަރަކު ހައްޔަރުކޮށްފިއެވެ. މިކަން ހާމަ ކުރެއްވ...

23 Feb 2022 | 18:11

އެމެރިކާގެ އެފްބީއައި އާއި ޔޫރަޕްގެ ދެ ގައުމެއްގެ ކަމާބެހޭ އިދާރާތައް ގުޅިގެން ދިވެހި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ މެންބަރަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަ ކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ސީޕީ ހަމީދު ވިދާޅުވީ ތުހުމަތަށް ހައްޔަރު ކޮށްފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ސީޕީ ވިދާޅުވީ އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު ކަމަށެވެ. އޭނާ އަކީ2015 ވަނަ އަހަރުން ފެށިގެން  އައިއެސްގެ އިސް އޮޕަރޭޓިވެއް ކަމަށް ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ ތުހުމަތުކުރެވޭ މީހާ ދިޔައީ މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން، ޔޫރަޕްގެ ގައުމުތަކަށް ހަމަލާދީ އަދި އެ ގައުމުތަކުގެ ވެރިންނަށް ވެސް ހަމަލާދިނުމަށް ގޮވާލަމުން ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ދިވެހި ފުލުހުންނާއި އެފްބީއައި އަދި ޔޫރަޕްގެ ދެ ގައުމުގެ ކަމާ ބެހޭ އިދާރާތައް ގުޅިގެންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި މައްސަލައިގަ ހައްޔަރު ކުރީ ހޫދު މުހައްމަދު ޒާހިރެވެ. އޭނާ ދިރިއުޅެނީ ވިލިމާލޭގައި ކަމަށްވެ އެވެ.

ސީޕީ ވިދާޅުވީ މައްސަލައިގެ ތަފްސީލާ އެކު ޕްރެސް ރިލީޒެއް ފަހުން ނެރޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް