ކޯވިޑް ޖެހިގެން އައްޑޫއިން 97 އަހަރުގެ މީހަކު މަރުވެއްޖެ

ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން 97 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވޭ މިއަދު ހަވީރު 5:15 ގައި އެވެ. މަރުވި...

23 Feb 2022 | 16:18

ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން 97 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވޭ މިއަދު ހަވީރު 5:15 ގައި އެވެ.

މަރުވި އިރު އެމީހައަށް ފަރުވާ ދެމުން ދިޔައީ އައްޑޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 293 ވަނަ މީހާ އެވެ. މެދުކެނޑުމަކަށް ފަހު ކޯވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވަނީ މިދިޔަ މަހު އެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތަށް ބަލާއި އިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 166،000 އަށް އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް