ހަނގުރާމައެއް ފަށާފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ޔޫކްރެއިންގައި ތިބި ދިވެހި ދަރުވަރުން ރާއްޖެ އަންނަން ފަށައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގައި މަތީ ތަުއލީމް ހާސިލް ކުރަމުންދާ35 ދަރިވަރަކު އެބަތިބި ކަމަށެވެ. އޭގެ ތެރެއިން25 ދަރިވަރުން އެނބުރި ރާއްޖެ އައުމުގެ ދަތުރުފަށާފައިވާ ކަމަށް މައުލޫމާތުދެ އެވެ.
އެ މިނިސްޓްރީން ބުނީ އެ ކުއްޖަކު މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި ދެން ތިބި ދަރިވަރުން ހުކުރު ދުވަހު މާލެ އައުމަށް މިއަދު ޔޫކްރެއިން އިން ފުރާފައިވާ ކަމަށް ބުނެ އެވެ.
ބާކީ އެ ގައުމުގައި ތިބި ފަސް ދަރިވަރުންވެސް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
ޔޫކްރެއިން އާއި ރަޝިއާއިން ހަނގުރާމައެއް ފަށާފާނެ ކަމުގެ ބިރު އޮތުމުން އެގައުމުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ އަންގަވާފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީއާ ޖަރުމަނުވިލާތުގެ ބާލިންގައި ހުންނަ ދިވަހިރާއްޖޭގެ އެމްބަސީ އަންނަނީ ޔޫކްރެއިންގައި ތިބި ކިޔަވާ ކުދިންގެ ހާލަތު ވަރަށް ގާތުން ބަލައި ކަންކުރަންވީ ގޮތްތައް ކިޔައިދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް