ދިވެހި ސިފައިންގެ އުޅަނދަކަށް ފޮށިތަކެއް އަރުވަނިކޮށް ސޯޝަލް މީޑިއާގައި އާންމުވެގެން އުޅޭ ފޮޓޯތަކުގެ ހަގީގަތް އެމްއެންޑީއެފުން ހާމަކޮށްފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ ފޮށިތަކަކީ އިންޑިއާއިން ފޮނުވި ދެ ސިފައިންގެ މީހެއްގެ ފޮށީތަންމަތި ކަމަށެވެ. އެ މީހުންނަކީ އިންޑިއާގެ ކަނޑުގެ ސިފައިންގެ ސިވިލް ޓެކްނީޝަނުން ކަމަށް ވިދާޅުވި އެވެ.
އެމީހުން ރާއްޖެ އައީ ކޯސްޓުގާޑުގެ އުޅަނދު "ޝިޕް ކާމިޔާބު" މަރާމާތު ކުރުމަށް ކަމަށް ވިދާޅުވި އެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް