އޭސީސީއަށް އައްޔަން ކުރާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވައިފި

އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރަން މެމްބަރުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ. އޭސީސީއަށް އައްޔަން ކުރަން ފެންނަ ބޭފުޅުންގެ ނަންތައް ރައީސް އިބްރާހިމް މުހައްމަ...

23 Feb 2022 | 15:02

އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރަން މެމްބަރުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އޭސީސީއަށް އައްޔަން ކުރަން ފެންނަ ބޭފުޅުންގެ ނަންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވާފައި މިވަނީ އެ ކޮމިޝަން ގާނޫނީ ހުސްކަމެއްގައި އޮންނަތާ މަހެއް ވެފައި ވަނިކޮށެވެ. އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވީ މަޖިލީހުން އެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅުމުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ އޭސީސީގެ މެމްބަރު ކަމަށް ކުރިމަތި ބޭފުޅުންގެ ތެރެއިން ރައީސްއަށް ފެނިވަޑައިގެންނަވާ ބޭފުޅުން ތަރުތީބުން މިއަދު މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ. އޭގެ ތަފްސީލް ހާމަ ކުރާނީ މަޖިލީހުން ކަމަށް ވިދާޅުވި އެވެ.

އޭސީސީއަށް އައްޔަން ކުރަން ރައީސް ފޮނުއްވީ އާދަމް ޝާމިލް، އަބްދުއްސަލާމް، ތާހާ މުހައްމަދު އަދި ޝަޒްނާ ހާޝިމްގެ އިތުރުން ޝިޔާމާ މުހައްމަދުގެ ނަމެވެ.

އޭސީސީއަށް ބޭފުޅުން އައްޔަން ކުރަން މަޖިލީހަށް ނަން ފޮނުވާފައި މިވަނީ ދެ ފަހަރު އިއުލާނުކޮށްގެންނެވެ. އެންމެ ފަހުން އިއުލާނު ކުރި މުއްދަތު ހަމަވީ މިދިޔަ މަހު31 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް