27 އަންހެނުންނާއި އިނދެގެން އުޅުނު މީހަކު ހައްޔަރު ކޮށްފި، އެހެން އުޅޭތާ 43 އަހަރު!

އޮޅުވާލައިގެން 43 އަހަރުގެ ދިގު މުއްދަތެއްގައި 27 އަންހެނަަކާއި ކައިވެނި ކުރި އިންޑިއާ ފިރިހެނަކު އެ ޤައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ. އުމުރުން 65 އަހަރުގެ ރަމޭޝް ޗަންދްރަ ސްވޭން، މި މައްސަލައިގައ...

23 Feb 2022 | 12:06

އޮޅުވާލައިގެން 43 އަހަރުގެ ދިގު މުއްދަތެއްގައި 27 އަންހެނަަކާއި ކައިވެނި ކުރި އިންޑިއާ ފިރިހެނަކު އެ ޤައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

އުމުރުން 65 އަހަރުގެ ރަމޭޝް ޗަންދްރަ ސްވޭން، މި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި އިރުވެސް  އޭނާގެ 14 އަނބިން ތިބި ކަމަށް ވަނީ އިއުތިރާފުވެފައެވެ.

އަދި ސްވޭން ވަނީ 10 ސްޓޭޓަކުން 27 އަންހެނަކާއި އޮޅުވާލައިގެން ކައިވެނިކޮށްފަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ފުލުހުން ބުނީ އިތުރު އަނިޔާލިބޭ މީހުން ވެސް ތިބޭނެ ކަމަށް ޝައްކު ކުރެވޭ ކަމަށާއި، ނަމަވެސް އެ އަދަދު މިހާ ގިނަވާނެ ކަމަށް ހީނުކުރާކަމަށެވެ.

ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އޭނާގެ އަމާޒުފަތްގަނޑަކަށް ހަދައިގެން އުޅެނީ  މީހުނާ އިނދެ ވަރިވެފައިވާ ރަނގަޅު މުސާރައެއް ލިބޭ ވަޒީފާތަކުގައި އުޅޭ އަންހެނުންނަށެވެ.

އޭނާ އެކަން ކުރަމުން ދިޔައީ އޮޅުވާލައިގެން ފައިސާ ހޯދައިގެން މުއްސަނދިވުމުގެ ނިޔަތުގައެވެ. އަދި އަންހެނުންނާއި ގުޅުން ބަދަހި ކޮށްފައި ވަނީ އޮންލައިން ޑޭޓިން އެޕްތައް ބޭނުންކޮށްގެންނެވެ.

އެގޮތުން ސްވޭން ވަނީ އޭނާ އަކީ ސިއްހީ އޮފިޝަލެއް ކަމުގައި ބުނެ އޮޅުވާލައިގެން ތަފާތު އެކި އަންހެނުންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނިކޮށް ދުރު ހިސާބުތަކަށް ދަތުރު ކުރަންޖެހޭ ސިއްހީ އޮފިޝަލެއް ކަމުގައި ބުނެފައެވެ.

މަކަރާއި ހީލަތުން އޭނާ ވަނީ އެކި އަނބިން އަތުން ފައިސާ ހޯދާފައެވެ. އަދި ދެކުއްޖަކު ޑޮކްޓަރުކަން ކިޔަވާ ކޯހުގައި ބައިވެރިކޮށްދިނުމަށްކަމަށް ބުނެ އެކުދިންގެ މައިންބަފައިންގެ އަތުން ދެ ކަރޯޑް އިންޑިއަން ރުޕީސް ވެސް ވަނީ އޭނާ ހޯދާފައެވެ.

މީގެ އިތުރުން، މަކަރާއި ހީލަތުން ކެރަލާގެ 13 ބޭންކަކުން އެއް ކްރޯޑް އިންޑިއަން ރުޕީސް ހޯދާފައިވެއެވެ. އޭނާ މިކަންކޮށްފައިވަނީ 128 ކްރެޑިޓް ކާޑެއް ބޭނުންކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް