ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ކޮންސްޓްރަކްޝަން ދާއިރާއިން ތަމްރީނުވުމަށް ޒުވާނުންނަށް ހުޅުވާލައިފި

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ކޮންސްޓްރަކްޝަން ދާއިރާއިން ތަމްރީންވުމުގެ ފުރުސަތު ޒުވާނުންނަށް ހުޅުވާލައިފިއެވެ. މިއީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފްޔޫތް، އެންޑް ސްޕޯސްޓް...

23 Feb 2022 | 10:00

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ކޮންސްޓްރަކްޝަން ދާއިރާއިން ތަމްރީންވުމުގެ ފުރުސަތު ޒުވާނުންނަށް ހުޅުވާލައިފިއެވެ.

މިއީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފްޔޫތް، އެންޑް ސްޕޯސްޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާރމަންޓުއާއި ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ އެސިސްޓެންޓް ކޮންސްޓްރަކްގެ ދާއިރާއިން ހުޅުވާލައިފައިވަނީ 10 ފުރުސަތެވެ. މާރޗް 22 ގެ ނިޔަލަށް މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ އިރު މި ޕްރޮގުރާމުގައި ބައިވެރިވާ ފަރާތްތަކަށް 7092 ރުފިޔާގެ އެލެވެންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން ތަޖުރިބަކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމަށް ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގުރާމެކެވެ. މިއީ ހަ މަސްދުވަހަށް ބާހަލައިގެން ހިންގޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ފުރިހަމަކުރާ ފަރަތްތަކަށް ދިވެހި ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް