މުޅި އިންޑިއާގައި ބުރުގާ އެޅުން މަނާ ކުރަންޖެހޭ ކަމަށް އިންޑިއާގެ ވެރިކަން ކުރާ މައި ޕާޓީ ހަރުކަށ،ި ބީޖޭޕީގެ މަޖިލީސް މެމްބަރަކު ބުނެފި އެވެ.
ބީޖޭޕީގެ މަޖިލީސް މެމްބަރެއް ކަމަށްވާ ސަކްޝީ މަހާރާޖް މިހެން ބުނީ އުއްތަރް ޕްރަދޭޝްގެ ހަތަރުވަނަ ފިޔަވަހީގެ ވޯޓުލައި ނިންމުމަށް ފަހު ނުކުމެ ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.
އޭނާ ބުނީ ބުރުގާ މައްސަލަ އިދިކޮޅު ސިޔާސީ ޕާޓީތަކުން ނެގީ އިންތިހާބާއި ދިމާކޮށް ފައިދާ ނެގުމުގެ ގޮތުން ކަމަށެވެ. ސަކްޝީ ބުނީ މުޅި އިންޑިއާގައި ބުރުގާ އެޅުން މަނާކޮށް ގާނޫނެއް ފާސްކުރަން ޖެހޭ ކަމަށެވެ.
މިހާރު ބުރުގާ އެޅުން ކޮލެޖު އަދި ޔުނިވާސިޓީތަކުގައި މަނާ ކުރީ ކަރްނާޓަކާ ސްޓޭޓްގައިކަން ފާހަގަކޮށް ބުނެފައިވަނީ ޖަވާބުގައި ރައްޔިތުން ބުނަމުންދާގޮތް ފެންނަމުންދާ ކަމަށެވެ. އެހެން ކަމުން އެންމެ ރަނގަޅުވާނީ މުޅި ގައުމުގައި ބުރުގާ އެޅުން މަނާ ކުރުން ކަމަށް ބުންޏެވެ.
ބީޖޭޕީން މުސްލިމުން ސިފަ ކުރަނީ ޓެރަރިސްޓުން ގޮތުގައި އެވެ. ބެލެވޭ ގޮތުގައި ޖަވާބުގައި ރައްޔިތުން ބުނާގޮތް ފެންނަ ކަމަށް އޭނާ ބުނީ ބުރުގާ އެޅުން މަނާ ކުރުމުން މުސްލިމުން ކުރަމުންދާ މުޒާހަރާތައް ހަމަނުޖެހުމަށް ބަދަލުވެފައިވާތީ އެވެ.
ކަރްނާޓްކާގެ ވެރިރަށް ބެންގަލޫރޫ އާއި އެހެން ޑިސްޓްރިކްޓުތަކުގައި ބުރުގާ އަޅައިގެން ސަރުކާރު ކޮލެޖު އަދި ޔުނނިވާސިޓީތަކަށް ވަނުން މަނާ ކުރުމުން މުސްލިމް ދަރިވަރުން ދަނީ ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ. އަދި ބައެއް ސަރަހައްދުތަކުގައި މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެފައިވާއިރު މުސްލިމް އަންހެން ދަރިވަރުންގެ ފަރާތުން މައްސަލަ ވަނީ ހައި ކޯޓަށް ވައްދާފަ އެވެ.
މިހާތަނަށް އެ މައްސަލައިގަ ހައި ކޯޓުގައި ބޭއްވި އަޑުއެހުންތަކުގައި ގާނޫނީ ވަކީލު ބުނެފައިވަނީ އިންޑިއާގެ ގާނޫނު އަސާސީގައި މިނިވަން ކަމާއި އެކު ހެދުން އެޅުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އެހެން ކަމުން އެ މާއްދާގެ ފަހުން އިންނަ މާއްދާއަކާއި ހަވާލާދީ ސަރުކާރުގެ އިދާރާތަކުގައި ހެދުން އެޅުމަށް ވަކި މިންގަނޑެއް ކަނޑައެޅިދާނެ ކަމަށް ބުނާ މާއްދާއަށް ކުއްލިއަކަށް އަމަލު ކުރަން ފަށަން އެންގުމުން އެކަން ކުރަން ނުޖެހޭ ކަމަށް މުސްލިމް ދަރިވަރުންގެ ވަކީލު ބުނެފައިވެ އެވެ.
އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް ފިޔަވަޅުތައް އެޅުމުގައި ވެރިކަން ކުރާ ބީޖޭޕީ އުޅެނީ ވަރަށް އަވަދިނެތި އެވެ. އަދި އިންޑިއާއިން އިސްލާމް ދީން ފުހެލުމަކީ އެމީހުންގެ މަގުސަދު ކަމަށް ސިފަވާގޮތަށް ބީޖޭޕީގެ މެމްބަރުން މީގެ ކުރިން ވާހަކަ ދައްކާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް