މާލެއިން މީހަކު ގެއްލިގެން ފުލުހުން ހޯދަމުން އެބަދެ އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ޅ. ނައިފަރު، ޑޭޒީހިޔާ އުމުރުން 23 އަހަރުގެ އަހުމަދު ވިއާމް ކަމަށެވެ.
ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ފެނިފައި ނުވާ ކަމަށެވެ.
ވިއާމް އާބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއް ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ނައިފަރު ޕޮލިސްގެ ނަންބަރު 9792187 އަށް ގުޅުމަށް އެދިފައިވެ އެވެ.
މިފަދަ ކަންކަމުގައި އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ޝުކުރު އަދާކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް