ތައިރޮއިޑްގެ ފަރުވާއަކަށް ރައީސް ސިންގަޕޫރަށް ވަޑައިގެންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންނަވަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. ރައީސް މިކަން ހާމަ ކުރެއްވީ ރަސްމީ ޓުވީޓާ މެދުވެރިކޮށެވެ. އެމަނިކުފާނުގ...

23 Feb 2022 | 07:54

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންނަވަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް މިކަން ހާމަ ކުރެއްވީ ރަސްމީ ޓުވީޓާ މެދުވެރިކޮށެވެ.

އެމަނިކުފާނުގެ ޓުވީޓުގައި ވިދާޅުވީ ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންނަވާނެ ކަމަށެވެ.

މާތް ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ، ލަސްނުވެ މަސައްކަތަށް އެނބުރި އާދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

https://twitter.com/ibusolih/status/1496387494836908032

ރައީސް ވަނީ މީގެ ދެ ހަފްތާ ކުރިންވެސް ސިންގަޕޫރަށް ވަޑައިގެންފަ އެވެ. އެ ދަތުރުގައި އަރިހުގައި މެޑަމް ފަޒްނާ އަހުމަދުވެސް ވަޑައިގެންނެވި އެވެ.

މިފަހަރުގެ ދަތުރުފުޅުގައި އަނބިކަނބަލުން ބައިވެރިވެވަޑައިގެންނަވާކަން އަދި ހާމައެއް ނުކުރައްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް